އިން ފެށިގެން ރައްޔިތުންގެ މަޖިލިސްގެ 88 އަހަރުގެ ތާރީޚުގައި އެންމެގިނަޥޯޓުން މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރަކީ އިލްޔާސް އިބްރާހިމެވެ. އެއީ 2000 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ މާލޭ މެމްބަރުކަމަށް ވާދަކުރެއްވިފަހަރުއެވެ. އެފަހަރުގެ އިންތިހާބުގައި އިލްޔާސް އިބްރާހިމްވަނީ 9000 އަށްވުރެ ގިނަ ވޯޓް ހޯއްދަވާފައެވެ.
2008 ވަނަ އަހަރު ތަސްދީގުކުރެވުނު ފެހި ގާނޫނު އަސާސީގެ ދަށުން އިދާރީ ދާއިރާތައް އާބާދީގެ ނިސްބަތުން ބެހުމުން ރައްޔިތުންގެ މަޖިލީޙުގެ އިންތިހާބެއްގައި ކުރިއަށްއޮތްތާނގައިވެސް އިތުރު އެއްވެސް މީހަކަށް މި ރިކޯޑް މުގުރުމުގެ ފުރުސަތެއް ނެތެވެ. ރާއްޖޭގެ ބަރުލަމާނީ ހަޔާތުގެ އެންމެ ގިނަ ވޯޓް ކާމިޔާބުކުރެއްވުމުގެ ރެކޯޑް އޮންނާނީ އިލްޔާސް އިބްރާހިމް އަތްޕުޅުގައެވެ.
އިލްޔާސް އިބްރާހިމަކީ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން، ނަސްރީނާ އިބްރާހިމްގެ ބޭބޭފުޅެވެ. ރައްޔިތުންގެ މަޖްލީސް މެމްބަރުކަންކުރެއްވުމުގެ އިތުރުން، މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒް، މިނިސްޓަރ އޮފް ޑިފެންސްގެ ނާއިބުކަން، ސިފައިންގެ ވެރިޔާގެ ނާއިބުކަން، އެސްޓީއޯގެ މެނެޖިންޑިރެކްޓަރކަން، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭސަން އަދި ހެލްތް މިނިސްޓަރ ކަން ހިމެނެއެވެ.
އިލްޔާސާއި ގާތްކުރާ އަދަދަށް ވޯޓް ހެއްދެވި ފަރާތްތަކުގެތެރޭގައި، ހަމަ 2000 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާރުގެ ރައްޔިތުންގެ މަޖިލީޙުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މާލެއިން 6000 އަށްވުރެ ގިނަ ވޯޓް ހޯއްދެވިއެވެ.
2005 ވަނަ އަހަރު ފެށުނު ރައްޔިތުންގެ މަޖިލީހުގެ އައްޑުއަތޮޅު ގޮނޑިއަށް އިންތިޚާބުވެވަޑައިގެންނެވި މިހާރުގެ ހިތަދޫ ދާއިރާގެ މުޙައްމަދު އަސްލަމް، މާލޭ ދާއިރާއަށް އިބްރާހިމް އިސްމާއިލް، 6000 އަށްވުރެ ގިނަ ވޯޓް ހޯއްދެވިއެވެ.
މައުލޫމާތުދެއްވީ: ތާރީހް ދިރާސާ ކުރައްވާ މުހައްމަދު ޝާތިރު