ރައީސް ޔާމިން މިނިވަން ކުރުމަށް މުޅި ޕާޓީ މަސައްކަތް ކުރި: މެމްބަރު ލަތީފް

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު

ރައީސް ޔާމީން މިނިވަންކުރުމަށް މުޅި ޕާޓީ އެކީ މަސައްކަތްކުރެއްވި ކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި މެމްބަރު ލަތީފް ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކޮށްދިނުމަށްޓަކައި މިއަދު ސަރުކާރުގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. މެމްބަރު ވިދާޅުވީ ގިނަ ބަޔަކު ޝަކުވާ ކުރަމުން ދިޔައީ މިސަރުކާރު އައި ހުސް ގޮނޑި ދައްކައިގެން ކަމަށެވެ. އެ ގޮނޑި ބަހައްޓާފައިވަނީ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކަމަށާއި މަސައްކަތްތައް ހުންނަ ގޮތުން ވަޑައިނުގަނެވޭތީ ކަމަށް މެމްބަރު ވިދާޅުވިއެވެ.

”އެގޮނޑި އަކީ އެހެން ބެހެއްޓި ގޮނޑިއެއް ނޫނޭ، އެ ގޮނޑިއަކީ މި އިންނެވި ރައްޔިތުންގެ މަޖިލިސް ރައީސް އަބްދުއްރަހީމްއަށް ބެހެއްޓި ގޮނޑިއެކޭ. ތަކުރާރުކޮށް މިދެންނެވީ. އެ ގޮނޑި އަބްދުއްރަހީމް ބޭނުމިއްޔާ ހަދިޔާ ކުރި ބޭފުޅަކަށް ހަދިޔާ ކުރީ. އަޅުގަނޑުމެންނަށް އެކަމެއް ނޭންގެ. އެކަން އެނގޭނީ އަބްދުއްރަހީމްއަށް. އެހެންވީމަ މި މައްސަލަ މިހާހިސާބުން ހައްލުވީ ކަމަށް އަޅުގަނޑު މި ބެލީ“

ލަތީފް ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމަށް މުޅި ޕާޓީ އެކީ މަސައްކަތްކުރެއްވި ކަމަށެވެ. އަދި ރައްޔިތުންގެ މަޖިޅީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަރަށް ވޮޑަށް ޔާމީން މިނިވަން ކޮށްދިނުމަށް މަސައްކަތް ކުރެއްވި ކަމަށް ލަތީފް ފާހަގަކުރެއްވިއެވެ. ލަތީފް ވިދާޅުވީ މިއަދު ހުންނެވީ ފަހަތަށް ވަޑައިގަންނަވަން ނޫން ކަމަށާއި ޕަޓީއާއި ރައީސް މުއިއްޒުއާއި އެކު ކުރިއަށް ވަޑައިގަތުމަށް ކަމަށެވެ.

މީގެއިތުރުން މެމްބަރު ލަތީފް ވިދާޅުވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ގައުމުގެ އިގްތިސާދާއި، މިނިވަން ކަމާއި އިސްލާމް ދީނާއި އަދި އިގްތިސާދު ނަގާ ކޮޅަށް ޖެހުމަށް މަސައްކަތް ކޮށްދެއްވާ ކަމަށެވެ.

By mariyam

Related Post

Leave a Reply

Your email address will not be published. Required fields are marked *