ކަމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އެމަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއަށް ހަވާލުކުރައްވައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ހޯމް މިނިސްޓަރ އަލީ އިހުސާން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ. މިނިސްޓަރ ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކަމިޝަނަރ އޮފް ޕޮލިސްގެ މަސްއޫލިއްޔަތު ވަގުތީގޮތުން އަދާކުރައްވަން ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ކަނޑައަޅައިފައިވާ ކަމަށެވެ.